ސިނަމާލެ 1 ގެ ޕާކިންގ ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 25 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ހަވީރު 6:25 ހާއިރު ބުރުޒު މަގުގައެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، މ. އަރާރަތްކުރި، ޚާލިދު މަޙްމޫދު (35 އަހަރު) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ޙަސަން ނަސީމް (31 އަހަރު) ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެމުރެއްގެ ދަށުން ކަމަށާއި މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.