ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ވަޒީރު އިހްސާންގެ ރައްދު ފައްޔާޒަށް: ކޮންމެކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް

ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ހުސައިން ޝާފިއު (ތުއްތު) އަށް އަންގާފައިވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށެވެ. މިގޮތުން ފައްޔާޒުވަނީ މިކަމާ ގުޅިގެން ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.

https://x.com/faya_i/status/1862789887143096766

ފައްޔާޒްގެ މި ޕޯސްޓަށް ރައްދު ދެއްވަމުން ވަޒީރު އިޙްސާން ވަނީ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ސުވާލު ކުރައްވާފައެވެ. އަދި އަޅާނުލާ ތިއްބާ މަގެއްމަތިން ފައްޔާޒު ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ޚިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯވެސް ސުވާލު ކުރައްވާފައެވެ.

އިޙްސާން ވަނީ ފައްޔާޒްގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ މިއީތޯވެސް ސުވާލު ކުރައްވާފައެވެ. އިޙްސާން މިފަދައިން ސުވާލުކުރައްވާފައިވާއިރު ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން އިޢްލާންކުރައްވާފައެވެ.

‏"ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި،". ވަޒީރު އިހުސާން ވިދާޅުވެފައި ވެއެވެ.

https://x.com/min_mohst/status/1862823540040577060

‏މީގެ އިތުރުން ވަޒީރު ވަނީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!