މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ފިޔަވަޅުއަޅާ، ރައްޔިތުންގެ އަޑު ބަނދުކުރަން މަސައްކަތްކުރުމަކީ ޑޮމޮކްރަސީގައި އުޅެން ނޭގޭކަން ސިފަވާކެމެކެވެ. ޑިމޮކްރަސީއަށް އިހްތިރާމް ކުރަން ނުދަންނަކަމެވެ..އަޅުގަޑުމެން ބުރަމަސައްކަތުން ހޯދާފައިވާ ދުލާއި ގަލަމުގެ މިނިވަންކަން، ހިމާޔަތް ކުރުމަށްޓަކައި ހުރިހާ ރައްޔިތުން އަލުން، މިނިވަންކަމުގެ ދިފާއުގައި ނިކުންނަން އެބަ ޖެހޭ" މޭޔަރު އާޒިމް ވިދާޅުވިއެވެ
މި މައްސަލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ހުސައިން ޝާފިއު (ތުއްތު) އަށް އަންގާފައިވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިގޮތުން ފައްޔާޒުވަނީ މިކަމާ ގުޅިގެން ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޝާފިއު ފުލުހަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓުގެ ފޮޓޯއެއް ހިއްސާ ކުރައްވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެކަމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެކަމަށެވެ.
ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެކަމަށެވެ.