ޤާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން: މި ނަމުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް، އަންގާރަ ދުވަހު ބާއްވަނީ!

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ދިފާއުގައި  ކަމަށް ބުނެ އިދިކޮޅު އެމޑީޕީން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން“ ނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުގެރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ.

އެމްޑީޕީން ބުނީ މި ޖަލްސާއަކީ ގިނަ ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެކެވެ.

މިއީ އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން ބޭއްވޭ ބޮޑު ފުރަތަމަ ޖަލްސާއެވެ. އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުން މާލެ އައިސް މި އެއްވުމުގައި ބައިވެރި ވުމަށް އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!