ރާއްޖޭގެ ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި މީގެ ކުރިން އޮތް ޕީޕީއެމް މިއަދު އުވާލައިފިއެވެ.
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް އުވާލަން ނިންމާފައިވަނީ އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ ސެނެޓް ބައްދަލުވުމުގައި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.
އޮންލައިންކޮށް މިއަދު މެންދުރު ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބް ރައީސް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.
މިއަދުގެ ބައްދަލުވުމުގައި ޕާޓީ އުވާލުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް 3 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
މިސަރުކާރު ވެރިކަމަށް އައީ ޕީޕީއެމް/ ޕީއެންސީގެ ޓެގް އަޅުވައިގެންކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ފަހުން ޕީޕީއެމްގައި ތިބި ގިނަ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރުވާފައެވެ.