ހުޅުމާލެ ފަޅުތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިފައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެމީހާ ފެނިފައިވަނީ މިއަދު 16:30 ހާއިރު، ކަމަށެވެ. އެމީހާ ފެނިފައިވަނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލު މޫދުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމީހާ މޫދުން ނަގާފައިވާއިރު، އެއީ ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައެވެ. އެމީހާ އެދުވަހު ނިޔާވިއިރު، ބޮލުގައި ޒަހަމްތަކެއް ހުއްޓެވެ. އައިޖީއެމްއެޗުން ލަފާކޮށްފައިވަނީ، ބޮޑަށް ބެލެވެނީ އެމީހާގެ ބޮލަށް ޒަހަމްތަކެއް ލިބުނީ އުޅަނދެއްގައި ޖެހިގެންކަމަށެވެ.