ދިވެހި ފުލުހުންގެ އިދާރާ

މާލޭ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނޮވި މެސެޖެއްގައި ބުނީ މޭލޭގެ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި އަބްދުﷲ ހަސަން 53އ. ކަމަށެވެ.

ފުލުހުން ބުނީ، އެ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އިއްޔެ ހުޅުމާލޭގެ ފަޅުތެރެއިން ނިޔާވެފައިއޮތް މީހަކު ވަނީ ފެނިފައެވެ. ފުލުހުން ބުނީ އިއްޔެ ހުޅުމާލެ ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނިފައިވަނީ މ. މަޑުއްވަރީ އިބްރާހިމް ޖިނާހް(36) ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ދެމައްސަލަ ވެސް ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!