ގއ. ދާންދޫ ނަގަހެލަ، އަހުމަދު އަބްދުﷲ އެރަށު މަގެއް މަތީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެރަށުގެ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް އަހުމަދު އަބްދުﷲ (33އ) ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8:10 ހާއިރު ކަމަށެވެ.
އަހުމަދު އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ އަޙްމަދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.