ކްރޯމިސް އަބަދަށް: ރާއްޖެއިން ފެނުނު ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަސް

ކްރޯމިސް އަބަދަށް: ދުނިޔެއިން އަލަށް ފެނުނު މަހެއް

ދުނިޔޭގައި މިހާތަނަށް ފެނިފައިނުވާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ އެވެ.

މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ އަލަށް މި ފެނުނު މަސް، ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން ރާއްޖޭގެ އަށް ސަރަހައްދަކުން ފެނިފައިވާ ކަމަށެވެ.

މި މަސް ރެކޯޑް ކުރެވުމާއެކު، އެ މަހަަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" ކަމަށް އެ އިންސްޓިޓިއުޓް އިން ބުނެއެވެ. މިމަހަށް "އަބަދަށް" ކިޔާފައިވަނީ ރާއްޖެއަށް ނިސްބަތްކޮށްކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި މަސް ފެނިފައި ވަނީ 95 މީޓާރާއި 110 މީޓަރާ ދެމެދުގެ ފުންމިނަކުން ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އަދި މިއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެއް ކަމަށް ވެސް މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!