ހުޅުމާލެ ފޭސް ތިނަކުން ހިއްކަން ފަށާފައިވާ 63 ހެކްޓަރު ބިމުގެ މަސައްކަތް ހުޓިފައިވަނީ ކީއްވެގެންކަން އެޗްޑީސީއިން ހާމައެއް ނުކުރި!

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް  ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ހިއްކަން ފަށާފައިވާ 63 ހެކްޓަރު ބިމުގެ މަސައްކަތް ހުއްޓިފައިވާތީ އެމަސައްކަތް ކުރިޔަށް ނުދާ ސަބަބު އެޗްޑީސީއިން ހާމައެއް ނުކުރިއެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއަކީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަރަށް ކުރު މުއްދަތެއްގައި ހިއްކާނިންމާލި ތަނެކެވެ. އެތަން ހިއްކާ ނިންމުމުގެ އިތުރަށް ހަތަރު އަހަރުގެ ތެރޭގައި ފޭސް އެކެއްގައި 7000 ހައުސިން ޔުނިޓް ގާއިމު ކުރިއެވެ. އަދި ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކުގައި ތާރުއަޅައި މަގުތައް ބޭނުން ކުރަން ފެށުނެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިމި ދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ތިންވަނަ ފޭސް ހިއްކަން ފަށައި އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުުއިއްޒު ވެރިކަމާ ހަވާލުވި އިރުވެސް އެމަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް ދިޔުމަށްފަހު 63 ހެކްޓަރުގެ ދެބައި ކުޅައެއްބައި ހިއްކުމަށްފަހު އެމަސައްކަތް މިހާރު ކުރިޔަށް ނުދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެކަމާ ގުޅިގެން މި ނޫހުން އެޗްޑީސީގެ މީޑިއާ އޮފިޝަލާކުރި ސުވާލަށް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަސައްކަތް ކުރަން ބޭނުންކުރި އުޅަނދު ހަލާކުވެގެން މަސައްކަތް ހުއްޓިފައި އޮންނަތާ ކިތައްމެ ދުވަހެކެވެ.

މި ބިމުުން ގޯތި ލިބުނު ފަރާތްތަކަށް ޖެނުއަރީ މަސް ނިމުމުގެ ކުރިން ގޯތިތައް ހަވާލުކޮށްދޭނެ ކަމަށް ހައުސިން މިނިސްޓަރ ހައިދަރު ވިދާޅުވެފައި ވީނަމަވެސް އެވިދާޅުވި ތާރީޚަށް އެކަން ނުކުރެވޭނެ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ރައްޔިތުންނަށް ލިބުނު ބިންތައް ހަވާލުނުކުުރެވުނަސް ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކި ބިންތަކުން ބިން ވިއްކުން ނޫންކަމެއް ނިމިދިޔަ ސަރުކާރާއި އަދި މިސަރުކާރުގެ އެއް އަހަރު ނިމުނު އިރުވެސް ކުރެވިފައި ނުވާކަން ރައްޔިތުން ފާހަގަ ކުރެއެވެ.

 

advertisement
ހިޔާލު ދެއްވާ!