ޤާނޫނު އަސާސީ ގަޑުބަޑުކޮށްފި: ފައިޞަލް ނަސީމް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ގެނެސްފައިވަނީ އިސްލާހެއް ނޫން ކަމަށާއި، ކުރިކަމަކީ ގާނޫނު އަސާސީ ގަޑުބަޑު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިފަދައިން ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ "ގާނޫނުއަސާސީގެ ދިފާއުގައި – ވިލިމާލެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިޞަލް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުން ބޭނުންވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި، ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނެސްފައިވަނީ ވަރަށް ރަނގަޅު މަގުސަދެއްގައި ކަމަށާއި، އެގާނޫނު އަސާސީ ގެނައުމަށް މުޅި ރާއްޖޭގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް މިނިވަންކަމާއެކު މިނިވަން މުއައްސަސާތައް ފަންގްޝަން ވާންޖެހޭ ކަމަށާއި، ޖުޑިޝަރީ އިންސާފުވެރިވާންޖެހޭ ކަމަށެވެ. އަދި ގައުމުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަކަންކަން އެބަހުރި ކަމަށާއި، ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތައް ކަމަށްވާ އާސަންދަ، އެންސްޕާ ފަދަ ޚިދުމަތްތައް ހަރުދަނާކޮށް، އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. 
ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން އެތައް ހިންމަތެއް ކޮށްގެން ރެއާދުވާލު އެކުރެވުނު މަސައްކަތުން ގާނޫނު އަސާސީ ހޯދަން ޖެހުނީ ބޭނުމެއްގައި. އާދެ އަތޮޅުވެރިން ކައުންސިލަރުންގެ ގޮތުގައި ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ހަދަން. ތިންބާރު ވަކިވެފައިވާ ނިޒާމެއް ކަނޑައަޅަން. އިލެކްޝަން ކޮމިޝަން ނުވަތަ އެހެނިހެން ކޮމިޝަންތަކަށް މީހުން އައްޔަން ކުރެވޭ ގޮތަށް އޮތް ނިޒާމު ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އިތުބާރުކުރާ ފަދަ ގޮތަކަށް އިންތިޚާބު ކުރެވޭ ފަދަ ގޮތަކަށް އެކަން ކުރުމަށްޓަކައި ގާނޫނު އަސާސީ އިސްލާހު ކުރީ. ޖުޑިޝަރީ އިންސާރުވެރިކަން ގާއިމް ކުރުމަށްޓަކައި ރައްޔިތުން އެންމެ ބޭނުންވޭ" ފައިޞަލް

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ އެގޭގައި ތިބެނީ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މެންބަރުން ކަމަށެވެ. އަދި ރައްޔިތުންނަށް ކަމެއްދިމާވާ ހާލަތުގައި ރައްޔިތުންގެ ވާހަކަދައްކަންޖެހޭ މެންބަރުން ކަމަށެވެ. ނަމަވެސް މިސަރުކާރުން ގާނޫނު އަސާސީއަށް މިގެނައި ބަދަލާއެކު މަޖިލިސް މެންބަރަކު ކިތަންމެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ވާހަކަދައްކަވަން ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި، އެ ހައްގު ނިގުޅައިގަނެފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!