ދިވެހި ފުލުހުންގެ އިދާރާ

ކ. ގުރައިދޫގައި ނިޔާވި، 4 މަހުގެ ކުއްޖާގެ އޮޓޮޕްސީ ހަދަނީ!

ކ ގުރައިދޫގައި ނިޔާވި، 4 މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

މީޑިއާ ތަކަށް ފޮނޮވި މެސެޖެއްގައި ފުލުހުން ވިދާޅުވީ އެކުއްޖާގެ މަރުގެ މައްސަލައިގައި ޝައްކުތަކެއް އުޅޭތީ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނޮވަން ނިންމާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ފެންމަތިވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުންނެވެ. މިކަމާ ގުޅޭގޮތުން ގުރައިދޫ ކައުންސިލް މެމްބަރަކު ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، 4 މަހުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށެވެ.

މިކަން އެނގޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ވޮއިސްއާ ވާހަކަދައްކަމުން ބުނީ ކުއްޖާގެ ނޭފަތުންވެސް ލޭ އައިސްފައި ހުރިކަމަށާއި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ ސިއްހީމަރުކަޒުގެ ފަރާތުންކަމަށެވެ. ކުއްޖާ ހިނެވުމުގެ މަސައްކަތް ކުރިއަށްގެންދަން އުޅުނު ނަމަވެސް އެކަން ނުވީ، ކުއްޖާ މަރުގެ މައްސަލަ ބެލުމަށް ހަށިގަނޑު މާލެ ގެންދަންޖެހޭކަމަށް ފުލުހުން ބުނުމުންކަމަށްވެސް އޭނާ ބުންޏެވެ.

ކުއްޖާ މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

advertisement
ހިޔާލު ދެއްވާ!