އެމްއައިބީގެ ސާވިސް ސެންޓަރެއް ނައިފަރުގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ޅ. ނައިފަރުގައި ހުޅުވައިފި އެވެ.

ސާވިސް ސެންޓަރު ހުޅުއްވައި ދެއްވީ އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީއާއި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ.

އެމްއައިބީން ބުނީ ނައިފަރުގައި ހުޅުވި ސާވިސް ސެންޓަރު މެދުވެރިކޮށް އެމްއައިބީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ލިބުމުގެ އިތުރުން އެ ސެންޓަރުގައި ބަހައްޓާފައިވާ އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

ނައިފަރުގައި އެމްއައިބީން ހުޅުވި ސާވިސް ސެންޓަރުގެ އިތުރުން އެމްއައިބީން ދަނީ ހއ، ހދ. ބ، ކ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގައިވެސް ސާރވިސް ސެންޓަރުތަކުގެ ޚިދްމަތް ފޯރުކޮށްދެމުންނެވެ. އަދި އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!