މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމަށް ހުސައިން ސަގީފް އިންތިހާބުކޮށްފި އެވެ.
ރައީސްކަމަށް ސަގީފް އިންތިޚާބުކޮށްފައިވަނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ރައީސްކަމުގެ މަޤާމަށް ވާދަކުރި 2 ކެންޑިޑޭޓުންކަމަށްވާ ސަގީފާއި މިހާރުގެ ޝަނާއާ ވޯޓުން އެއްވަރުވުމުން މިއަދު ބޭއްވި 2 ވަނަ އިންތިޚާބުގައެވެ.
އިއްޔެ ބޭއްވުނު އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށްވެސް ލިބިފައިވަނީ 7 ވޯޓެވެ. އަދި މިއަދުގެ ވޯޓުގައި ސަގީފަށް 8 ވޯޓު ލިބުނުއިރު ފާތިމަތު ޝަނާ މުހައްމަދަށް ލިބިފައިވަނީ 7 ވޯޓެވެ.
ސަގީފަކީ "ތިލަދުން" އިން ކައުންސިލަށް އިންތިޚާބުވެފައިވާ މެމްބަރެކެވެ. އަދި ފާތިމަތު ޝަނާ މުހައްމަދު އިންތިޚާބުވެފައިވަނީ "މިހާރު" ނޫހުންނެވެ.
އެމްއެމްސީގެ ނައިބު ރައީސް ކަމަށް ވާދަކޮށް، އެ މަގާމަށް އިންތިހާބުވީ އަމިއްލަ މެންބަރު އިބްރާހިމް މުހައްމަދެވެ.
އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ.