Screenshot

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހަސީބު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް ޢަބްދުލް ޙަސީބު އިސްމާޢީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހަސީބު ކޮމިޝަނަށް އައްޔަން ކުރަން ފޮނުވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު މިދިޔަ މަހުގެ 23 ގައި ހަމަވާތީ އެވެ. އަދި އެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ހަސީބުގެ ނަން އެކަންޏެވެ.

އަދި ހަސީބު އައްޔަން ކުރަން ރައްޔިތުންގެ މަޖްލީހުން ރުހުންދީފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ހަސީބް ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަން ވެސް ކުރައްވައިފަ އެވެ. އޭނާ އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައިވަނީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ.

Election commission ge member kamah ayyan kuran 2 beyfulheh ge nan fonuvaifiއިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ އެކު އެ ދެ ގޮނޑި ވެސް މިވަގުތު އޮތީ ހުސްކޮށެވެ.

އެ ދެ މަގާމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.

advertisement
ހިޔާލު ދެއްވާ!