ފްރާންސްގެ އާއިލާ ރާއްޖެ އައީ ކިހިނެއް؟ މިކަމުގެ އަޑީގައި ތިބީ ކޮން ބައެއް؟

ސޯޝަލްމީޑިއާގައި މިވަގުތު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ޤަވާއިދާޚިލާފަށް ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާއެއްގެ ވާހަކައެވެ. އެމީހުން ރާއްޖެ އިން ފުރުވާލަން އިމިގްރޭޝަނުން ނިންމާފައިވާތީ، އެކަމާ ގުޅޭގޮތުން އެކި މީހުން ފާޅުކުރާ ޝުޢޫރުތަކެވެ.
ޖަޒުބާތުގައި ނުޖެހި ހަގީގަތަށް ޖެހިލަމާ ހިނގާށެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމައުގައި އިސްލާމްދީނުގެ ތަފާތު ފިރުޤާތައް ނޫޅުނުކަމުގައި ވިޔަސް ދީނީގޮތުން ޚިޔާލުތަފާތުވުންތައް މަދުންނަމަވެސް އުޅެއެވެ. އެގޮތުން އާންމު މުސްލިމުންގެ އިތުރުން ދެ ފިކުރެއް އުޅެއެވެ. އެ ދެ ފިކުރަށް ކިޔާއުޅެނީ ޑޮޓް ފިކުރާއި އެސްއެސް ފިކުރެވެ. ޑޮޓް ފިކުރަކީ މިސްކިތުގެ ޖަމާޢަތަށް ނާރާ ގްރޫޕެވެ. އެއީ ރާއްޖޭގެ މިސްކިތްތަކުގައި ހަދާ ޖަމާޢަތް ޞައްޙަ ނުވާތީޔޯލައެވެ. އެމީހުން ގަބޫލުކުރަނީ އެމީހުން ނޫން އެހެން އެންމެންނަކީ އިސްލާމްދީނުގެ ޞައްޙަ މަންހަޖުން ކަހާލާފައިވާ ބައެއް ކަމަށެވެ. އާއްމު މުސްލިމުންނާމެދު އެސްއެސް ފިކުރުގެ މީހުން ގެންގުޅޭ ވިސްނުން ޑޮޓްފިކުރުގެ މީހުންނާ ދާދި އެއްގޮތެވެ. އެސްއެސްމީހުން މިސްކިތުގެ ޖަމާޢަތަށް އެރިކަމުގައިވިޔަސް މިބައިމީހުންވެސް ގަބޫލު ކުރަނީ މި މީހުންނޫން އެހެން އެންމެންނަކީ އިސްލާމްދީނުގެ ޞައްޙަ މަންހަޖުން ކަހާލާފައިވާ ބައެއް ކަމަށެވެ. އާއްމު މުސްލިމުންނާ ވާހަކައެއް ނުދައްކާނެއެވެ. ސަލާމްވެސް ނުގޮވާނެއެވެ. މުސްލިމަކު ސަލާމް ގޮވާލިޔަސް ޖަވާބުވެސް ނުދޭނެއެވެ. އެއީ އެސްއެސް ފިކުރެވެ.

މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ޤަވާއިދާޚިލާފަށް ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެ ގެނައީ ރާއްޖޭގައި އެސްއެސް ފިކުރު ފަތުރަމުންދާ މީހުންނެވެ. މި އެސްއެސް ފިކުރުގެ ބޮޑަކަށް ހުންނަނީ ގދ.ތިނަދޫ ޝޭހެކެވެ. އެމީހުން ރާއްޖެގެނެސް އެ އާއިލާގެ އިސް ފިރިހެން މީހާއަށް މާލޭގެ ފިހާރައަކުން ވަޒީފާ ދިނެވެ. އެއީ އެސްއެސް ފިކުރުގެ މީހުން ހިންގާ ފިހާރައެކެވެ. ފްރާންސްގެ އާއިލާގެ ފިކުރަކީވެސް އެސްއެސް ފިކުރެވެ. މިޢާއިލާގެ މީހުންވެސް އާންމު މުސްލިމުންނާ ވާހަކައެއް ނުދައްކާނެއެވެ. މީހުންނާ ސަލާންކޮށެއް ނުހަދާނެއެވެ. ސަލާމް ގޮވާލިޔަސް ޖަވާބެއް ނުދޭނެއެވެ. މުޅި ރާއްޖެއިންވެސް ގދ.ތިނަދޫއަށް ނިސްބަތްވާ ޝޭޚު ނޫނީ ރާއްޖޭގެ އެހެން ހުރިހާ ޝޭޚުންދެކެ މިމީހުން އިންތިހާއަށް ރުޅިއަންނާނެއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ޓުއަރިސްޓު ވިސާގައި އައި މީހަކަށް ފިހާރައަކުން ވަޒީފާ ދިނީ ކީއްވެހެއްޔެވެ؟ ޓުއަރިސްޓު ވިސާގައި މީހަކު ގެނެސް އެމީހަކަށް ވަޒީފާއެއް ދިނުމަކީ ޤާނޫނީގޮތުން ކުށްވެރިވާނެކަމެކެވެ.

ފްރާންސްގެ ފިރިހެން މީހާ އެފިހާރައިގައި ދުވަސްކޮޅެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު، ވަޒީފާއިން ވަކިވެ ދެންވެސް އުޅެމުންދިޔައީ މާލޭގައެވެ. އަދި މާލޭގައި ދުވަސްކޮޅަކު ތިބުމަށްފަހު އެސްއެސް ފިކުރުގެ އިސް މީހާ ނިސްބަތްވާ ގދ.ތިނަދޫއަށް އެ އާއިލާ ހިޖުރަ ކުރިއެވެ. އެރަށުގައި ދުވަސްތަކެއްގައި އުޅުމަށްފަހު ދެން ހިޖުރަ ކުރީ ތިމަރަފުށްޓަށެވެ. އެރަށުގައިވެސް އެމީހުން އުޅެމުންދިޔައީ އެސްއެސް މީހުންގެ ހިމާޔަތުގައެވެ. ނަމަވެސް ތިމަރަފުށީގައި ޑޮޓް މީހުން އުޅޭތީ އެމީހުން ވޭމަންޑޫއަށް ބަދަލުވީއެވެ. ވޭމަންޑޫއަށް ބަދަލުވުމުގެ ކުރިން ލ.އަތޮޅުގައިވެސް ދިރިއުޅުނެވެ. ވޭމަންޑޫއަށް ބަދަލުވެ މި ޢާއިލާ ވޭމަންޑޫގައި ދިރިއުޅޭތާ މިހާރު އެތައް އަހަރުތަކެއް ވީއެވެ. އަދި އެތައް ސަރުކާރުތަކެއް އައިއިރު ޤަވާއިދާ ޚިލާފަށް މިމީހުން އުޅެމުންދާ މައްސަލައަށް އެއްވެސް އެދެވޭ ނަތީޖާއެއް ފެނިފައެއްވެސް ނުވެއެވެ.

ދިވެހިރާއްޖެއަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. މި ޤައުމުގައި ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ހެދިފައި ހުރެއެވެ. އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ވަރަށްބާރަށް މިސަރުކާރުން ކުރިއަށް އެބަގެންދެއެވެ. މި މަސައްކަތަށް ސަރުކާރަށާއި އިމިގްރޭޝަންގެ އިސްވެރިންނަށް އާއްމުންގެ ތަޢުރީފު އޮއްސަމުންދެއެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ އެތައް ހާސްބަޔަކު ފާއިތުވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

އެއްވެސް މުސްލިމަކަށް ދެރަގޮތެއްވުމަށް އެދެނީއެއް ނޫނެވެ. ނަމަވެސް 12 އަހަރުވަންދެން ޤަވާއިދާޚިލާފަށް އުޅެމުންދިޔަ ފްރާންސްގެ އާއިލާވެސް ޖެހޭނީ ރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބާށެވެ. ވަކި ބަޔަކަށް ވަކިގޮތެއް ހެދުން އެއީ ޤާނޫނު މުގުރާލުމެވެ. ބަންގްލަދޭޝް މުސްލިމުން މި ރާއްޖެއިން ފޮނުވާލާ ފަދައިން ފްރާންސްގެ މުސްލިމުންވެސް އަދި ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ މީހުންވެސް ޖެހޭނީ ފޮނުވާލާށެވެ. އަދި އެ އާއިލާ މިގައުމަށް ޤަވާއިދާ ޚިލާފަށް ގެނެސް ވަޒަންވެރި ކުރުވި މީހުންނާ މެދު ފިޔަވަޅު އެޅުމަކީވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ.

އެފިޔަވަޅު ނާޅައިފިނަމަ، މިފަދަ އެތައް މީހެއް އަދި އެތައް ޢާއިލާތަކެއް މުސްތަޤްބަލުގައި މި ރާއްޖޭގެ ފަސްގަނޑުން ފެނުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

advertisement

20 Comments

  1. މިގައުމު ދޫކޮއް ޖިހާދައް ދިޔަ ދިވެހި ކިތައް އާިލލާ މިގައުމުގަ އުޅޭކަން ތިބޭފުޅުން ނައް އެގިލައް ވާތޯ މީމުޅިދުނިޔޭގަވެސް ނުކުރާކަމެއް ހަމައެކަނި ދިވެހި ގަމާރުން އެކަނިކުރާ ކަމެއް އެހެން ވީރު ފިކުރޭ މަސްރޮޓޭ ނުކިޔާ

  2. އެސްއެމްއެސް on

    ޤަވާއީދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނަނީ ދީނަށް އުޅެން މިތަނަށް އަންނަ ބައެއް ނޫން. ދީނަށް ނޫޅެވިގެން މިތަނަށް އަންނަބައެއް ނޫން. އަދި އަނބުރާ ޤައުމަށް ދިޔަށް ދީނަށް އުޅުމަށް ދަތިކަމެއް އޮތް ޤައުމެއް ނޫން. ބަންގަލަދޭޝް އަކީ މުސްލިމުން އުޅޭ އިސްލާމީ ޤައުމެއް. ދެން ތިބުނާ އާއިލާ އަނބުރާ ފޮނުވާލުމަށް ޑޮޓޭ އެސްއެސްއޭ ކަނހަބޭ ކިޔައިގެން ތިލިޔަނީ އެ ޤައުމެއްގެ އެތައް މިލިއަން މުސްލިމުންނެއްގެ ޙައްޤު ގެއްލުވާފައިއޮތް ޤައުމެއްގެ ވާހަކަ. އަމިއްލަ ރައްޔިތުންނަށް ބެލުމެއް ނެތި އެމީހުންގެ ދީނަށް އުޅުމުގެ އަސާސީ ޙައްޤު ގެއްލުވާލީ ލާއިންސާނީ ޤައުމެއްގެ ވާހަކަ. އެފްރިކާ އަޅުވެތިކޮށްގެން އިސްތިއުމާރު ތާރީޚެއް އޮތް ޖައްބާރު ބައެއްގެ ވާހަކަ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ ޗާލީ ހެބްދޯ އެތަނެއްގައި ބަހައްޓައިގެން ފުރިހަމަ ހިމާޔަތްދޭ ޤައުމެއްގެ ވާހަކަ. އެހެންވީމާ ބަންގްލަދޭޝް އާއި ފްރާންސްއާއި އަޅުވައި ކިޔައިގެން ވާޙަކަ ދައްކާނީ ވަރަށް ތަންދޮރު ނުދައްނާތީ. ދެން މުސްލިމުންނަށް ހިމާޔަތް ނުދީ ޤާނޫނޭ ކިޔާނީ ތި (އެސްއެސް އާއި ޑޮޓަށް ނިސްބަތް ނުވާ) ފިކުރުގަ އިސްލާމް ދީނަށް އޮތް ލޯބި ބޮޑުކަމުން. ތިކަހަލަ އާޓިކަލް ލިޔެފައި ތިބުނަނީ އެމީހުންކައިރީ ސަލާން ކުރާށޭ. ނުކުރީމަ ތިކުރަނީ ޝަކުވާ.

    • ދިވެއްސެއްގެ ޚިޔާލު on

      ދިވެހިންހެ ބުއްދި ގޯސްވީތަ ؟ ފަރެންސޭސީ އެދަމަފިރިންގެ ހަޤީގަތް ކިހާ ވަރަކަށް ތިފަރާތަށް އިނގޭބާ ؟

    • ދިވެއްސެއްގެ ޚިޔާލު on

      6.8 މިލިއަން މުސްލިމުން އުޅޭ ފްރާސްގަ ސުންނީ މުސްލިމުން ނިސްބަތުން ގިނަ ، ކީއްވެ މި ދެމީހުން ނޫޅެވިގެން ރާއްޖެ އިޚްތިޔާރު ކުރީ ؟ ކީއްވާ ފޮނުވާލުމުން ޖަލަށް މި ދެމީހުން ލަނީ ؟ ކީއްވެ މައްކާ ، މަދީނާ ، ޕަލަސްތީން ، ސީރިއާ އިޚްތިޔާރު ނުކުރީ ދީނައްޓަކާ ހިޖުރަކުރަން ، ކިއްވެ ހިޖުރަކުރާ ދިވެހިން އަބުރާ ގައުމަށް ގެނެސް ޖަލަށް މިލަނީ ؟ އެމީހުންގެ އާއިލާ ވަޒަން ، ރައްޓެހިން ތިބީ ފުރާންސްގަ ނޫންތޯ ؟
      ބްރޭވް މައިންޑް

    • ފްރާންސްގައި މުސްލިމަކަށް އުޅެނީ އޭނަ އެކަނިތަ؟ 7 މިލިޔަން މުސްލިމުން އުޅޭ އެތާގައި. އެހުރިހާ އެންމެން ގެންނަން ވީނުން ދެން.

    • ފްރާންސްގެ 5 މިލިޔަން މުސްލިމުން އުޅޭ. ދެން މިތަނަށް އަންނަނީ ދީނަށް އުޅުމަށް ވުރެ އަޑީގައި އެހެން ކަންތަކެއް ފޮރުވިފައިވާނެ

  3. ޔާމީން ޢަލީ މާ ބޮޑަށް ޖަޒުބާތުގަ ޖެހިފަ ތިހުރީ.. ކިހާ ވަރެއްގެ ތެދު މަޢުލޫމާތެއް ތިއީ؟ އެއްވެސް ހެއްކެއް އެބަ އޮތް؟

    • ދުނިޔޭގަ އުޅޭއިރު އިންސާނުން އުޅެން ޖެހޭ ހަމަތަކާއި އުސޫލުތަކަށް ބޯލެނބުމަކީ الله އަށް ބޯލެނބުމުގެ ތެރެއިން ވާ ކަންކަން.

    • ދިވެއްސެއްގެ ޚިޔާލު on

      ޕަލަސްތީން ބިމުގައި އިޒްރާއިލް އަބާދުކުރުވީ ހަމަ ދިވެހިންގެ ވޯޓް އަކުން ، މިނިވަން ދައުލަތެއް ކަމަށް ގަބޫލު ކުރީމަ ދިވެހި ސަރުކާރުން ،(ރައްޔިތުން )،މިއަދު މިފެނިގެންދަނީ ނަތީޖާ މެދުއިރުމަތީ ގައުމު ތަކުން ، ޖަޒުބާތުގައި ނުޖެހި ވަރަށް ފުންކޮށް ވިސްނަންޖެހޭ، ދިވެހިންގެ މަސްލަހަތު އިސްކުރަންޖެހޭ ، ނުރަގަނޅު އަސަރު ކޮއްފާނެ އަންނަން އޮތް ޖީލުތަކަށް
      (ބްރޭވް މައިންޑް )

  4. މީ ވަރައް ހަމަ ނުޖޭ ލިޔުމެއް، ނިންމާބައި، ބަންގުލަދޭސް މީހުންނާ އަޅާ ކިޔާލި އިރު ފުރާންސްގެ މުސްލިމުން އުޅޭ ހާލު ނޭގޭތަ

  5. ބަނަގާޅު މީހާ ފޮނުވަނީ މުސްލިމް ބަންގްލާދޭޝްއަށް. ފްރާންސް މީހާ ފޮނުވަނީ ޣައިރު މުސްލިމް ޤައުމަކަށް. އެހެންވެ މައްސަލައަކަށް ވަނީ.

  6. ދީނޭ ޑޮޓޭ ނުކިޔާ ފުރަތަމަ ތިމާއަކީ ކިހާވަރަކަށް އިސްލާމްދީން އުނގެނިގެން ހުރިމީހެއްބާ ، ދެން އިމިގްރޭޝަން ކޮންޓްރޯލާރގެ ފަތިފުއް އޭނަ ދަންނަ މީހެއްކައިރިން އަހާ އޮޅުންފިލުވާ ، ސަރުކާރުގެ އިޚްލާޞްތެރި ކަމެއް ހުރިނަމަ މިހާރު ބޭރުމީހުން މިގެންނަވަރަކަށް ނުގެންނާނެ!

  7. ޙަސަން ( އެދުރޭ) on

    އިސްލާމް ދީނުގެ އަސްލުތަކާއި، ޙުކުމްތައް ނޭގި ތިބެ، މި ކިޔެނީ ކީކޭކަން ނޭގޭ ޙާލުގައި ތިބެ ދެއްކޭނީ މި ޒާތުގެ ބުރާންތި ވާހަކަ ތަކެއް..
    ލިޔެ ނިންމާލި އިރު އަމިއްލަައަށް ސޯޓްވެސް އެ އޮތީ ބޭލިފަ..
    ޔާމިނު ޢަލީ ތިގެން ގުޅޭ ފިރުޤާ ( ޤަބޫލުކުރުންތައް ) ތިއީ ކޮންތަކު އޮތް ފޮތެއްގައި ލިޔެފައި އެއްޗެއް؟ އިސްލާމް ދީނަކީ ބުފޭއެއް ނޫން.. ތިބާ އިޙްތިޔާރުގައި އޮތްކަމެއްގައި ހިފާފައި، ބޭނުން ނުވާކަމެއް ދޫކޮއްލާކަށް..

  8. ކުޑަ އިބްރާހިމް ވޭމަންޑު on

    މިއާއިލާ ދަންނަ މީހެއްގެ ގޮތުން ބުނަމެވެ. މި އާޓިކަލްގައި އޮތީ ހުސް ދޮގެވެ. މިމީހުން މިހުނާއި ވާހަކަ ދައްކާ ސަލާމް ގޮވާ، އާންމުންނާ ގުޅިގެން އުޅެއެވެ. ނުލާހިކު ހިތްހެޔޮ، މިސްކިތަށް ބަރާބަރަށް އަރާބަޔެކެވެ. ބަޔަކާމެދު ނަފުރަތު އުފައްދަން ތިފާޑުގެ މުނާފިގު ވާހަކަ ލިޔުމަކީ ހާދަ ނުރައްކާ ކަމެކެވެ.

  9. ގައުމިއްޔަތުގެ ވަބާގައި ޖެހިގެން މުސްލިމުންނާއި ޢަޚުވަންތަކަން މިއޮތީ އޮޅިފަ! މުސްލިމުންނަކީ އެއްބައެއް! އެމީހުން ފްރާންސަށް ފޮނުވީމަ އިސްލާމްދީނަށް ނޫޅޅެވޭނެ. ބުރުގާ ބާލުވާނެ. ނިކަން ފުރާނސްގެ ޙާލަތު ދިރާސާކޮށްފަ ތިކަހަލަ އާޓިކަލް ލިޔެބާލަ! މި ގައުމާ ރަށާ ގެޔާ ހިފައިގެން ކޮންތަކަށް ދާންތޯ ތިއުޅެނީ؟

  10. ދިވެއްސެއްގެ ޙިޔާލު on

    ވަރަށް ރަގނޅު ތަހުޤީގެއް ކުރަންޖެހޭ ، މިހާރުވެސް މިގައުމުގަ ނޫޅެވިގެން އަހަރުމެން ދިވެހިން މިއުޅެނީ ދީނީ އިލްމްވެރިން ކަމަށް ދެކިގެން ފަސާދަ ކުރަމުން ދުވާ ގޭންގް ގެ ** ބޮޑުވެގެން

ހިޔާލު ދެއްވާ!