ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް އަސްމާ އައްޔަނުކޮށްފި

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ގާއިމުކޮށްފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކޮށްފިއެވެ.

ކޮމިޝަނާ އޮފް ރިފޯމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިގުތިސާދު ރިފޯމް ކުރުމުގެ އިތުރުން އިގުތިސާދު ސިންދާފަތުކޮށް ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ. އަދި ދައުލަތުގެ ކުންފުނިތައް ރިފޯމް ކުރުމާއެކު ފިސްކަލް ރިފޯމްތަކުގެ މަސައްކަތްތައް ވެސް ކޮމިޝަނަރުގެ ޒިންމާގެ ތެރޭގައި ހިމެނެ އެެވެ.

އަސްމާ ވަނީ މީރާގެ ޑިރެކްޓާ ޖެނެރަލް، ޕްލޭނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް މީގެކުރިން ފުުރުއްވާފައެވެ.

advertisement
ހިޔާލު ދެއްވާ!