ކ. ގުރައިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އިބްރާހިމް ޝާހިދު)

4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވައިފި

ކ. ގުރައިދޫގައި ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖާގެ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އޮޓޮޕްސީ ހެދުމަށްޓަކައި  އެ ކުއްޖާގެ ހަށިގަނޑު މިއަދު އިންޑިޔާއަށް ފޮނުވައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ކުއްޖާގެ ހަށިގަނޑު މިއަދު 12:00 ގައި ފުރި ފްލައިޓަކުން އިންޑިޔާއަށް ފޮނުވާފައިވާ ކަަމަށެވެ. އެހެންނަމަވެސް، އަނބުރާ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެންނާނެ ދުވަހެއް ފުލުހުން ނުބުނެއެވެ. އަދި ވަގުތީ ރިޕޯރޓް ލިބޭނެކަމަށް ލަފާކުރެވޭ ދުވަހެއްވެސް ހާމަކޮށްފައި ނުވެއެވެ.

ތުއްތު ކުއްޖާ ނިޔާވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ރިވާޔާ ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި  އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ސިއްހީ މަރުކަޒަށް ގެންދިޔައީ އެރޭ ދަންވަރު 12:30 ހާއިރު އެވެ. އަދި ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް ކުއްޖާ އޮތީ ނިޔާވެފައެވެ. އަދި އެ ކުއްޖާ މަރުކަޒަށް ގެންދިޔައިރު ކުއްޖާގެ ނޭފަތާއި ކަންފަތުން ލޭ އައިސްފައި ހުރުމުން އެ ކުއްޖާގެ މަރުގައި ޝައްކުވެގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓް ކޮށްފައިވަނީ އެ ކުއްޖާ ބެއްލެވި ޑޮކްޓަރުކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

advertisement
ހިޔާލު ދެއްވާ!