ކުއްލި ޚަބަރު

ފުލުހުން އެޗްޑީސީ ޢިމާރާތަށް ވަދެއްޖެ!

ފުލުހުން އެޗްޑީސީ ޢިމާރާތަށް ވަދެއްޖެއެވެ.

"މާނު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާ ފަރާތަކުން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައިވެސް ވަނީ ފުލުހުން އެޗްޑީސީ ކައިރީގައި ޙަރަކާތްތެރިވާ  ވީޑިއޯއެއް ޢާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެންނަގޮތުން  އެ ސަރަޙައްދަށް ކޮންމެވެސް ވަރަށް މީހުންވެސް ވަނީ އެއްވެފައެވެ.

ފުލުހުން އެޗްޑީސީއަށް ވަދެފައިވާއިރު  އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ ޢަމަލުތަކެއްގެ ވާހަކައާއި ކަމާގުޅޭ ލިޔުންތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

ފުލުހުން އެޗްޑީސީ ކައިރީގައި ޙަރަކާތްތެރިވަނީ ކޮން ސަބަބަކާހުރެކަމެއް އަދި ޔަޤީންވެފައި ނުވެއެވެ. އަދި ފުލުހުންވެސް މިމައްސަލާގައި މީޑިއާއަށް އެއްވެސް މަޢުލޫމާތެއް ދީފައިނުވެއެވެ.

އިތުރު ތަފްޞީލް އަންނަނީ…..

advertisement
ހިޔާލު ދެއްވާ!