ކުއްލި ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުގައި އެޗްޑީސީގައި ޙަރަކާތްތެރިވާކަމަށް ފުލުހުން ބުނެފި

ކޮރަޕްޝަންގެ ތުހުމަތުގައި އެޗްޑީސީގެ ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށެވެ. އަދި އެ މައްސަލާގައި އެޗްޑީސީއަށް ފުލުހުން ވަދެފައިވާ ކަމަށެވެ.

ފުލުހުން އެޗްޑީސީއަށް ތުހުމަތުކުރެވޭ މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ފަށާފައިވާއިރު،  އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ ޢަމަލުތަކެއްގެ ވާހަކައާއި އެކަމާގުޅޭ ލިޔުންތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

އިތުރު ތަފްޞީލް އަންނަނީ ….

advertisement
ހިޔާލު ދެއްވާ!