މަގުމަތިން ސައިކަލެއް ދުއްވާފައިދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަނެގެން ފިލި މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑޯއަކާ ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނޮވި މެސެޖެއްގައި ބުނީ އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެމީހާ ދުއްވި ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެމައްސަލަ ތަހުުގީގު ކުރަމުުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަނެއްކާވެސް މަގުތީގައި މާރާމާރީއާއި ފޭރުން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ދާދިފަހުން ފުލުހުން ބުނެފައިވަނީ ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހެއް ފެންނާނެ ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މަގުމަތިން ފުލުހުން ފެންނަލެއް މަދުކަންފާހަގަ ކުރެވެއެވެ.