ރަޖުނީ ޝުއައިބު

ރަޖުނީގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ފުލުހުުން

ނުގަވާއިދުން ވިނަރެސް ފްލެޓެއް ހޯދި ކަމުގެ ތުހުމަތު ކުރާ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ރަޖުނީ ޝުއައިބުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ސޯޝަލް މީޑިއާއިން އެ އިދާރާގެ ސަމާލުކަމަށް އައުމުން އެމައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ރަޖްނީ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑެވެ. ސޯޝަލް މީޑިއާއަށް މީހަކު ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވަނީ ރަޖުނީ އަށް އެއްވެސް އެޕްލިކޭޝަނަކާ ނުލައި ވިނަރެސް ފްލެޓުން އެޕާޓްމަންޓެއް، ވަގަށް ގޯތި ވިއްކި ކަމުގެ ތުހުމަތު ކުރެވޭ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ދީފައިވާ ކަމަށެވެ.

ހުޅުމާލެއިން ގަވާއިދާ ޚިލާފަށް ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް ވިނަރެސް ފްލެޓްތަކެއްވެސް ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާ ކަން މިވަނީ ހާމަވެފައެވެ.

ހުޅުމާލެއިން ގަވާއިދާ ޚިލާފަށް ބިން ދޫކުރި ކަމުގެ ތުހުމަތުގައި 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނެއެވެ.

 

advertisement
ހިޔާލު ދެއްވާ!