ރާއްޖޭގައި ކްރިސްމަސް ފާހަގަ ކުރަން ޖެހޭކަމަށް އެމްއޭސީއެލްގެ ބޯޑު މެންބަރަކު ގޮވާލައިފި

ރާއްޖޭގައި ކްރިސްމަސް ފާހަގަ ކުރަން ޖެހޭކަމަށް އެމްއޭސީއެލްގެ ބޯޑު މެންބަރަކު ގޮވާލައިފިއެވެ.

2023 ގައި ނަން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި އެމްއޭސީއެލްގެ ބޯޑަށް ޢައްޔަންކޮށްފައިވާ މުޙައްމަދު ރިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީއާއި ފުލުހުންވެސް ޓެގްކޮށް ރާއްޖޭގައި ކްރިސްމަސް ފާހަގަކުރުމަކީ ކުރެވެންޖެހޭ ކަމެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކާފައެވެ.

އެގޮތުން، އޭނާގެ ކެފޭއަކަށްވަދެ ތަނުގެ މުދަލަށް ގެއްލުންދީ ކެފޭގައި މަސައްކަތްކުރާ ބިދޭސީންނަށް ތޫނުހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާފައިވާއިރު އިސްލާމްދީނުގެ ކަންކަން މާބޮޑަށް ދަންނަ ޢަރަބިން ދިރިއުޅޭ ޑުބާއީގައި ކްރިސްމަސް ފާހަގަކުރެވޭކަމަށާއި ސިހުރުވެސް ހުއްދަކަމަށް "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ ބުނެފައެވެ. އަދި ޕޯސްޓްގައި އިސްލާމިކް މިނިސްޓްރީއާއި ފުލުހުންވެސް ޓެގްކޮށްފައިވެއެވެ.

ރިޔާޒް މިފަދަ ޕޯސްޓެއް ކޮށްފައިވާއިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.

advertisement
ހިޔާލު ދެއްވާ!