ޕީއެސްއެމްގެ އެމްޑީއަކަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔަކަށް ހުންނެވި އިބްރާހިމް ނަސްރީން މިއަދު އައްޔަންކޮށްފި އެވެ.
ޕީއެސްއެމްގެ މޭނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާ އެކު، އެ މަގާމަށް ނަސްރީން މިހާރު އައްޔަންކޮށްފައިވާކަން ޕީސީބީން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމްއަށް ޢައްޔަންކުރެއްވި 3 ވަނަ އެމްޑީއެވެ. ސައީދުގެ ކުރިން އެންމެ ފުރަތަމަ އެމްޑީގެ މަގާމުގައި ހުންނެވީ، ކުރިން ބޮރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން ކުރެއްވި ނޫސްވެރިޔާ ޒީނާ ޒާހިރެވެ. ޒީނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޮގަސްޓް މަހު އެވެ.