އިންޑޮނޭޝިއާ އަންހެނަކު ގޭންގަކުން ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނާ ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ
ސޯޝަލް މީޑިއާގައި އާންމުވެފައި ޕޯސްޓެއްގައި ބުނެފައިވަނީ ގޭންގަކުން އެ އަންހެން މީހާ ރޭޕްކޮށް މަރާލާފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މޯޗަރީއަށްލާފައިވާ ކަމަށެވެ.
އެޕޯސްޓުގައި ބުނެފައިވާ ގޮތުން އެމީހާގެ ވީޑިއޯ އާންމުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އެމީހާއަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މަރެއްގެ ރިޕޯޓެއް އެއިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.