ފަޒުލް އާއި ފަޒީލް-- ފޮޓޯ: އަދަދު

ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލާގައި ފަޒުލްގެ ބޭބެ ފަޒީލްގެ ފޯން ހިފަހައްޓައިފި

ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލާގައި ފަޒުލްގެ ބޭބެ ފަޒީލްގެ ފޯން ހިފަހައްޓައިފިއެވެ.

ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތަޙްޤީޤުކުރަމުންދާ ބިންވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ފަޒީލް ރަޝީދުގެ ފޯން ހިފަހައްޓާފައިވާ ކަމަށެވެ.

ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ 20 މީހެއްގެ ޕާސްޕޯރޓްވެސް ހިފަހައްޓާފައެވެ. އޭގެތެރޭގައި ފަޒީލްވެސް ހިމެނެއެވެ. އަދި ޕީސީބީން ވަނީ އެމްޑަބްލިޔޫއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒީލް ސަސްޕެންޑްވެސް ކޮށްފައެވެ.

ވަގަށް ގޯތިތަކެއް ވިއްކި މައްސަލަ ފުލުހުންނާއި އޭސީސީން މިހާރު ދަނީ ތަޙްޤީޤުކުރަމުންނެވެ. އެހެންނަމަވެސް، އެއްވެސް މީހެއްގެ މައްޗަށް ޖިނާއި ތުހުމަތެއް އަދި ނުކުރެ އެވެ.

advertisement
ހިޔާލު ދެއްވާ!