ހިމޭންކަމުގެ ސުކޫތު ގެނައުމަކީ ދީނީ ގޮތުން ހުއްދަ ވާނެ ކަމެއް ނޫން: ޝެއިޚް ނިޝާން

ހަމަ ހިމޭންކަމުގެ ސުކޫތު ގެނައުމަކީ ދީނީ ގޮތުން ހުއްދަ ވާނެ ކަމެއް ނޫން ކަމަށް ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޝައިޚް އާދަމް ނިޝާން މިހެން ވިދާޅުވީ މީގެ 20 އަހަރު ކުރިން އިންޑޮނޭޝިއާގެ ސްމަޓްރާއަށް އައި ބިންހެލުމަކާއި ގުޅިގެން ކައިރި ހުރިހާ ގައުމަކަށް އައި ސުނާމީގައި އެތައް ބަޔަކު ނިޔާވި ހާދިސާގެ ހަނދާނުގައި މިއަދު ފާހަގަ ކުރަމުން ދާ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިޔާވި މީހުންގެ ހަދާނުގައި ހަމަ ހިމޭންކަމުގެ ސުކޫތު ގެނަމުންދާތީ އެކަމާގުޅިގެން  އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝައިޚް އާދަމް ނިޝާން ވިދާޅުވީ މުސްލިމަކު މަރުވުމަށްފަހު އެމީހަކާ މެދު އަމަލުކޮށް، ކުރަންވީ ކަންކަން ދީނުގައި ވަނީ ބަޔާންކޮށްދީފައި ކަމަށެވެ. ސުކޫތު ގެނައުމަކީ މައްޔިތާއަށް އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫންކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވިއެވެ.

ހަމަ ހިމޭންކަމުގެ ސްކޫތު ގެނައުމަކީ ރާއްޖޭގައި މިފަހުން ކުރަމުން އަންނަ ކަމެކެވެ.

 

advertisement
ހިޔާލު ދެއްވާ!