ދިވެހި ފުލުހުންގެ އިދާރާ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި އިއްޔެ ބުނެފައިވަނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް

ޑިސެމްބަރު 22 ވަނަ ދުވަހުގެ 05:06 އެހާކަންހާއިރު ޗާންދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ހުއްޓިވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މޯބައިލް ފޯނަކާއި ޝޭމްޕޫ ފުޅިއެއް

އިންސިޑެންޓް ނަންބަރު 9631696

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުންވަނީ އެދިފައެވެ.

މާފަންނު ޕޮލިސް

ޑިސެމްބަރު 21 ވަނަ ދުވަހުގެ 22:56 އެހާކަންހާއިރު މަޖީދީމަގު ސަންފްރަންޓް ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއް

އިންސިޑެންޓް ނަންބަރު 9660184

މި ތަކެތީގެ ވެރިފަރާތުން 9790085 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!