މާލޭގެ އާޓިފިޝަލް ބީޗުގައި މިރޭ ހަވާ އަރުވަން ހަމަ ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ "އާޓިފިޝަލް ބީޗް މޫދުގައި މިރޭ 21:00 ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު." ކަމަށެވެ.
ރޭ ހުޅުމާލޭގައި ވެސް ވަނީ ދެމިނެޓަށް ހަވާ އަރުވާފައެވެ. އެމްއެންޑީއެފުން ބުނީ މިއީ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ހަވާ އެރުވުމަށް ފަރިތަކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.