ތޮއްޑޫ/ ފޮޓޯ: އައިލެންޑީ

ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

އއ.ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް، އޭނާއަށް ވަޒީދާދިން މީހާ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އަށް ފޮނޮވި މެސެއްޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތައިލޭންޑަށް ނިސްބަތްވާ މި އަންހެންމީހާ އަކީ ތޮއްޑޫގައި މަސައްކަތްކުރާ މީހެއްކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، ބިދޭސީ އަންހެން މީހާއަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ 18:50 ހާއިރުއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!