އުމްރާ އަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ އަރަބިއްޔާ އަށް ދިޔަ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން އުމްރާއަށް ގޮސް މިވަގުތު ސައުދީގައި ހުރި މީހަކު ރިވާޔާ ނޫހަށް މައުލޫމާތުދީފައިވާ ގޮތުގައި ހުސައިން މުޙައްމަދު ގެއްލިފައިވަނީ ޢާއިލާގެ އެހެން މީހުންނާއެކު ޢުމްރާގެ ސަޢުޔުކުރަމުންދަނިކޮށެވެ.
ޙުސައިން މުޙައްމަދު ހޯދުމަށްޓަކައި ޙަރަމްފުޅާއި ޙަރަމްފުޅުގެ ވަށައިގެންވާ ސަރަޙައްދުގެ ބޮޑުބައެއް މިހާރުވަނީ ބަލާފައިކަމަށް ގުރޫޕުން މަޢުލޫމާތުދެއެވެ.
ހުސެއިން އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އެންގުމަށް އެ ގްރޫޕުން އެދެއެވެ.
މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+
މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612