ދިވެހި ފުލުހުންގެ އިދާރާ

ޒުވާނަކު އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެއް ކަމުގައި ބުނެފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުން އެއީ އޭނާގެ ބައްޕަގެ ތަކެތިކަމަށް ފުލުހުން ގާތު މީހަކު ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރު ކުރި މުހައްމަދު ރިޝްވާން ނައީމް(23) އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތަކެތިކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވާކަމަށް މައްސަލައިގެ އައިއޯ ވިދާޅުވެފައިވެއެވެ.

އަދި އެ ފެނުނު މަސްތުވާތަކެެއްޗަކީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް އޭނާ ބުނި ނަމަވެސް، އެކަމަށް އޭނާގެ ބައްޕަ އިންކާރު ކޮށްފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

މީގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައުވެއެވެ.

އެހެން ކަމުން، ކްރިމިނަލް ކޯޓުންވަނީ ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހު ރިޝްވާން ބެހެއްޓުމަށް ހުކުމްކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!