ފޮޓޯ: އެމްއެންޑީއެފް

ރީތި ރަށުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެ އަތޮޅުގައި ހިންގާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވަނީ މި ޙާދިސާ އެ އިދާރާގެ ފަޔަ އެންޑް ރެސްކިޔު ސާރވިސަސް އިން ޙަރަކާތްތެރިވެފައިވާކަމަށް ބުނެފައެވެ. އެ ރިސޯޓުގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ރޭދަންވަރުގެ ވަގުތެއްގައި ވޯޓާވިލާއެއްގައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން  އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. ރިވާޔާ ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގުމުން ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. އަދި މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި މި ޙާދިސާގައި އެ ވޯޓާވިލާގެ ފުރާޅަށާއި ސީލިންއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

advertisement
ހިޔާލު ދެއްވާ!