ދިވެހި ފުލުހުންގެ އިދާރާ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮއްވާ މިއަދު ފެނުނު މީހެއްގެ ޕޯސްމޯޓަމް ހަދަނީ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮއްވާ މިއަދު ފެނުނު މީހެއްގެ ޕޯސްމޯޓަމް ހަދަން ނިންމައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާގްރޫޕަށް ފޮނޮވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު 9:53ގައި މ. ތަރިވިލާގޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެގޭގައި ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ މ. ތަރިވިލާގެ/ ހުސައިން އަހްމަދު(41އ) ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރުމުންދާ ކަމަށް ފުލުހުން ބުންޏެވެ.

advertisement
ހިޔާލު ދެއްވާ!