2026 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރުގައި

2026 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނޭހެން އިމްތިޙާންތައް ބާއްވާނޭ ތާވަލް އެކުލަވާލައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު އިސްމާއިލް ޝަފީއު ސޮއިކުރައްވައި، އިއްޔެ ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން 2026 ވަނަ އަހަރުގެ 2026 ވަނަ އަހަރުން  ފެށިގެން ދިރާސީ އަހަރު ނިންމާ އިމްތިހާނުތައް ބާއްވާނީ އޮކްޓޯބަރު/ ނޮވެންބަރު މަހު އެވެ.

މިގޮތަށް އިމްތިޙާނުގެ ތާވަލް ބަދަލުކުރުމަށްޓަކައި މިހާރު ގްރޭޑް 8،9 އަދި 10 ގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިޙާން އޮންނާނޭ ދުވަސްތައްވެސް އެޑިޔުކޭޝަނުން ވަނީ ކަނޑައަޅާފައެވެ.

ސާކިޔުލާރގައިވާ ގޮތުން މި އަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ  މިއަހަރުގެ މެއި/ ޖޫން ގައެވެ. އަދި މިހާރު ގްރޭޑް 9 ގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނު ބޭއްވުމަށް ހަމަޖައްސާފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ/ މާޗް ގައި ކަމަށާއި، މިހާރު ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އިމްތިހާން އޮންނާނީ 2026 އޮކްޓޯބަރު/ ނޮވެންބަރު މަހުގައެވެ.

advertisement
ހިޔާލު ދެއްވާ!