ހިޖުރަ ގުރޫޕުން ޢުމްރާއަށް ގެންދިޔަ މީހުން ސަޢޫދީގައި ތާށިވެ އެނބުރި ނާދެވިފައި

ހިޖުރަ ގުރޫޕުން ޢުމްރާއަށް ގެންދިޔަ 24 މީހުން ސަޢޫދީގައި ތާށިވެ އެނބުރި ނާދެވިފައިވާކަމަށް ރިވާޔާ ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީންވެސް މިހާރު ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.  މީޑިޔާތަކަށް މަޢުލޫމާތުދިނުމަށް ހިންގާ އެ ވުޒާރާގެ ވަޓްސްއެޕް ގުރޫޕުގައި ވަޒީރު ޑރ ޝަހީމް  ވިދާޅުވީ ހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ މީހުންގެ ޙާލަތު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އެންމެން އެނބުރި ގައުމަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެކަމަށްވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހިޖްރަ ގުރޫޕުގެ މީހުން ޢުމްރާއަށް ފުރިއިރުވެސް މައްސަލަތަކެއް ކުރިމަތިވެ އެކަން މީޑިޔާގެ ސަމާލުކަމަށް އައެވެ.

ހިޖްރަ ގުރޫޕަކީ "އަލްހިޖްރަ ޓްރެވަލްސް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން ހިންގާ ޢުމްރާ ގުރޫޕެކެވެ. އެ ކުންފުނީގެ ޙިއްސާދާރުންގެ ގޮތުގައި ތިއްބެވީ ފިރާގު މުޙައްމަދު ފުޅާއި މުސްތަފާ މުޙައްމަދު ފުޅެވެ.

މެނޭޖިންގ ޑިރެކްޓަރަކީ ފިރާގު މުޙައްމަދު ފުޅެވެ.

 

އިތުރު ތަފްޞީލް އަންނަނީ …..

 

advertisement
ހިޔާލު ދެއްވާ!