މާފަންގު ގެއެއްގެ ތެރޭގައި މާރާމާރީ ހިންގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑީއާތަކަށް ފޮނޮވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު 13:25 ހާއިރު މާފަންނު އޯކިޑުމަގުގައި ހުންނަ ގެއެއްގެ ތެރޭގައި ދެމީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އެކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.