ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ޑރ ޝަހީމްގެ މި ދަތުރުފުޅަކީ އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލް އިސްލާމީ) ގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ މުސްލިމް ވޯލްޑު ލީގުގެ ސުޕްރީމް ކައުންސިލްގެ މެމްބަރެކެވެ.
ވަޒީރު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ.