ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ލޯންޗަކުން ޖެހި މޫދުގައި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ހާއިރު އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓަކު ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރު މޫދުގައި އުޅެނިކޮށް، އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މީހަކު މަރުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އާޖެންޓީނާ އަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.