މިފްކޯގެ ތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައް ހިނގާ: ރައީސް

މިފްކޯގެ ތެރޭގައި ކޮރަޕްޝަންގެ ގޮތުގައި ބެލެވޭ އެކިއެކި ގޯސް ކަންތައްތައް ޒަމާނުއްސުރެ ހިނގާކަމަށާއި އެ ކަންކަން މުލުން ލުހެލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގައި އިއްޔެ ގއ. ދެއްވަދޫގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިފްކޯގެ ތެރޭގައި ހިނގާ ބޭކާރު ހަރަދުތައް ރަނގަޅު ކުރަން ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މިފްކޯގެ ހިންގުން ރަނގަޅުކުރުމަށްޓަކައި ބޭރުގެ ސީއީއޯއެއް ވެސް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ މިފްކޯ ހަރުދަނާކޮށް، އެ ތަނުގެ އިސްރާފު ކުޑަކޮށް އަދި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!