ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުމްރާގެ އުސޫލާ ހިލާފުވި ކުންފުނިތަކަށް އަންނަ ހަފްތާގައި ފިޔަވަޅުއަޅަނީ

އުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން އެކުލަވާލާފައިވާ އުސޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ ކުންފުނިތަކަށް އަންނަ ހަފްތާގައި ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއްކުންފުނިތައް ފާހަގަވެފައިވާ ކަމަށާއި، އުޞޫލާ ޚިލާފުވެފައިވާ ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލާ އެއްގޮތަށް އެ ކުންފުނިތަކަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހާލުގައި ޖެއްސި މައްސަލައާ ގުޅިގެން އެ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މިފަހަރު މީހުން އުމްރާއަށް ގެންދިޔައީ 33 ކުންފުނިންނެވެ.

advertisement

1 Comment

ހިޔާލު ދެއްވާ!