މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07″ ސަފާރީން މޫދަށް ވެއްޓި، ގެއްލުނު ނ. ހޮޅުދޫ، ސީވީޑް، ޢަލީ އަރުޝަދު، 35، މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލިއިރު، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ އަރުޝަދު ވެއްޓި ޑެކްގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ފެނެއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، އަރުޝަދުގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް ކަނޑުގެ 69 މީޓަރު އަޑިން ހަށިގަނޑު ފެށިގެން ލޯންޗަށް ނެގީ މިއަދު ހަވީރު 3:35 ހާއިރު ކަމަށެވެ.
ފުލުހުން ގެންދަނީ މި ޙާދިސާ ތަޙްޤީޤު ކުރަމުންނެވެ.