އަލީ ރަމީޒް

އިސްތިއުފާއަށްފަހު އަލީ ރަމީޒުގެ ފުރަތަމަ މެސެޖު

ޖަމްއިއްޔަތުއްސަލަފު އުފެއްދުމުގެ އެއް މުއައްސިސް އަދި ސަލަފުގެ އެންމެ ހަރަކާތްތެރި އެކަކު ކަމަށްވާ އަލީރަމީޒު އެ ޖަމްއިއްޔާއިން އިސްތިއުފާދިން ޚަބަރު ވެގެންދިޔައީ ގިނަ ބަޔަކަށް ލިބިގެންދިޔަ ވަރަށް ހައިރާން ކުރުވަނިވި ޚަބަރަކަށެވެ.

އަލީ ރަމީޒަކީ ސޯޝަލްމީޑިއާގައި އަބަދުވެސް ވަރަށް ހަރަކާތްތެރި މީހެކެވެ. ނަމަވެސް ސަލަފުން އިސްތިއުފާ ދިންފަހުން ފައިތުވީ 20 ދުވަހު އެއްވެސް ޓްވީޓެއް ކޮށްފައެއް ނުވެއެވެ. އިސްތިއުފާއަށްފަހު މިއަދު ކުރި ފުރަތަމަ ޓްވީޓުގައި އަލީ ބުނެފައިވަނީ މުދަލާ ފައިސާއާ މަގާމުގެ ދަހިވެތިކަމުގައި މީހުން ކަތިލަމުންދަނީ ﷲއަށް އެއްވެސް ބިރެއްނެތިކަމަށާއި ހަމަ ކޮންމެ މީހަކާވެސް ﷲ ގެ އަދުލު އަރާހަަމަ ކުރާނެކަމަށެވެ. ބޮޑަށްބެލެވެނީ މިއީ އިސްތިއުފާއާ ގުޅުން ހުރި މެސެޖެއްގެގޮތުގައެވެ.

އަލީ ރަމީޒުގެ އިސްތިއުފާއަށް ފަހު ގިނަ ބަޔަކު ދަނީ ސަލަފަށް ތަފާތު އެކިއެކި ތުހުމަތުތައް ކުރަމުންނެވެ. ސަބަބަކަށްވަނީ އަލީރަމީޒުގެ އިސްތިއުފާގެ ފުރަގަހުގައި "ބޮޑުކަންތައްގަނޑެއް" ވާނެތީއެވެ.

ސަލަފުން އިސްތިއުފާދިން ސަބަބު އަލީ ރަމީޒު ހާމަ ނުކުރިނަމަވެސް އަލީރަމީޒު ސަލަފުން އިސްތިއުފާ ދިނީ ސަލަފުގެ ތެރޭގައި ހިންގަމުންދާ ވަރަށްގިނަ ކަންތައްތައް އިސްލާހު ނުވެގެންކަމަށް އަލީ ރަމީޒުގެ ގާތް މީހުންގެ ފަރާތުން އެނގެއެވެ. އަދި 'ކަންތައްތަކެއް' ހިނގަމުންދާތާ ޒަމާންތަކެއް ވެފައިވާކަމުގެ މައުލޫމާތުތަކެއްވެސްދަނީ ލިބެމުންނެވެ.

ޖަމްއިއްޔަތުއްސަލަފަކީ ރާއްޖޭގެ ދީނީދައުވަތުގައި އެންމެ ހަރަކާތްތެރި އަދިގިނަ ބަޔަކު އެންމެ އިތުބާރު ކުރާ އެއް ޖަމިއްޔާއެވެ. އެގޮތުން ދީނީ ދައުވަތުގެ ކަންތަކުގައި ވަރަށްގިނަ މީހުން ސަލަފަށް ބޮޑެތި އަދަދުތަކުން ފައިސާދެމުންދާކަން އެނގެއެވެ.

advertisement

2 Comments

  1. ސަލަފުގެ މައްޗަށް ދީނީ،ހަރުކަށިކަން އަބަދުވެސް ތުޙުމަތުވޭ މީ ކަމަށްވެސް ވެދާނެ ކަންނޭނގެ އިސްތިއުފާގެ އެއް ސަބަބު ކަމަށް

  2. އެހެން ވީމަ އަލީ އެކަނިތަ އިސްތިއުފާ ދޭންޖެހެނީ
    އަލީ އައްވެސް ވަރަށް ލާރި ދީގެން ސަލަފުގަ ޓީވީގަ އުޅުނީ

ހިޔާލު ދެއްވާ!