ޑިމޮކްރެޓްސްގެ ރައީސް ކަމުން ހަސަން އިސްތިއުފާ ދެއްވައިފި

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ޙަސަން ލަޠީފް އިސްތިއުފާ ދެއްވައިފި އެވެ.

ޙަސަން ލަޠީފް މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޑިމޮކްރެޓްސްގެ އިސް މެމްބަރުންތަކެއް ރޭގެ ވަގުތެއްގައި އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނިކޮށެވެ. ރޭ އެމްޑީޕީ އާ ގުޅިވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން އަންގައި ޙަސަން ލަޠީފް ވަނީ ޕާޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައިނުވެއެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ޙަސަން ލަޠީފް އިސްތިއުފާ ދެއްވިއިރު، އޭނާ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.

advertisement
ހިޔާލު ދެއްވާ!