ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުޢިއްޒު ހޯމަ ދުވަހު، އެސްޓޯނިއާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދައުވަތަކަށް ހަތަރު ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ގުޅިގެން ކުރިއަށް ދެވިދާނެ ފުރުސަތުތައް ބައްލަވާނެ ކަމުގައި ރައީސް އޮފީހުން ހާމަކުރެއެވެ.

އެސްޓޯނިއާއަށް ރައީސް މުއިއްޒު ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އެކި ދާއިރާތަކުގެ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

advertisement
ހިޔާލު ދެއްވާ!