މި ދުނިޔޭގައި މީހުންނަކީ ތަފާތު ގިންތިތަކެކެވެ. މީހުން ކުރާ އަމަލުތަކަކީ ތަފާތު ބާވަތްތަކެކެވެ. މީހުންގެ ބާވަތްތަކާއި އެ މީހުން ކުރާ ޢަމަލުތައް ބަޔާންކޮށްދެއްވައި رَسُولُ اللَّهِ صلى الله عليه وسلمޙަދީސްކުރެއްވިއެވެ.
(الأَعْمَالُ سِتَّةٌ وَالنَّاسُ أَرْبَعَةٌ فَمُوجِبَتَانِ وَمِثْلٌ بِمِثْلٍ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا وَالْحَسَنَةُ بِسَبْعِمِائَةٍ فَأَمَّا الْمُوجِبَتَانِ مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئاً دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئاً دَخَلَ النَّارَ وَأَمَّا مِثْلٌ بِمِثْلٍ فَمَنْ هَمَّ بِحَسَنَةٍ حَتَّى يُشْعِرَهَا قَلْبَهُ وَيَعْلَمُ اللَّهُ عَزَّ وَجَلَّ ذَلِكَ مِنْهُ كُتِبَتْ لَهُ حَسَنَةً وَمَنْ عَمِلَ سَيِّئَةً كُتِبَتْ عَلَيْهِ سَيِّئَةً وَمَنْ عَمِلَ حَسَنَةً كُتِبَتْ لَهُ بِعَشْرِ أَمْثَالِهَا وَمَنْ أَنْفَقَ نَفَقَةً فِي سَبِيلِ اللَّهِ فَحَسَنَةٌ بِسَبْعِمِائَةٍ وَالنَّاسُ أَرْبَعَةٌ مُوَسَّعٌ عَلَيْهِ فِي الدُّنْيَا مَقْتُورٌ عَلَيْهِ فِي الآخِرَةِ وَمُوَسَّعٌ عَلَيْهِ فِي الآخِرَةِ مَقْتُورٌ عَلَيْهِ فِي الدُّنْيَا وَمُوَسَّعٌ عَلَيْهِ فِي الدُّنْيَا وَالآخِرَةِ وَمَقْتُورٌ عَلَيْهِ فِي الدُّنْيَا وَالآخِرَةِ -ޢަމަލުތައް ބެހިގެންވަނީ 6 ބަޔަކަށެވެ. އަދި މީސްތަކުން ބެހިގެންވަނީ 4 ގިންތިއަކަށެވެ. ފަހެ ދެ ޢަމަލަކުން ވާޖިބުކުރެތެވެ. ބައެއް ޢަމަލުގައި އެ މިންވަރަށް އެމިންވަރެވެ. ބައެއް ހެޔޮ ޢަމަލަށް ދިހަ މިންވަރެވެ. އަނެއްބައި ހެޔޮ ޢަމަލަށް 700 މިންވަރެވެ. ވާޖިބުކުރާ ދެ ޢަމަލު ދަންނައެވެ. ﷲއަށް ޝަރީކުނުުކުރާ ޙާލު މަރުވާ މީހާ ސުވަރުގެ ވަންނާނެއެވެ. ﷲއާ އެއްވެސް އެއްޗަކާ ޝަރީކުކުރާ ޙާލު މަރުވާ މީހާ ނަރަކައަށް ވަންނާނެއެވެ. އެ މިންވަރަށް އެ މިންވަރު ދަންނައެވެ. ފަހެ ހެޔޮ ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަން ކުރުމަށް ހިތަށް އެރުވިމީހާ އެ ކަން ނުކުރިޔަސް ﷲ ޢައްޒަ ވަ ޖައްލަ އޭނާއަށް ހެޔޮކަމެއް ލިޔުއްވާދެއްވާނެއެވެ. ނުބައި ކަމެއް ކުރި މީހާއަށް ނުބައި ކަމެއް ލިޔުއްވާނެއެވެ. އަދި ހެޔޮ ކަމެއް ކުރި މީހާއަށް ދިހަ ހެޔޮކަން ލިޔުއްވާނެއެވެ. އަދި ﷲގެ މަގުގައި އެއްޗެއް ހޭދަކުރި މީހާއަށް 700 ހެޔޮކަން ލިޔުއްވާނެތެެވެ. މީހުން ބެހެނީ ހަތަރު ގިންތިއަކަށެވެ. ދުނިޔޭގައި ތަނަވަސްކަންދެއްވައި އާޚިރަތުގައި ދަތިކުރައްވާ މީހާއާއި،އާޚިރަތް ދުވަހު ތަނަވަސްކަންދެއްވައި ދުނިޔޭގައި ދަތިކުރައްވާ މީހާއާއި، ދުނިޔެއާއި ޢާޚިރަތުގައި ތަނަވަސްކަންދެއްވާ މީހާއާއި، ދުނިޔެއާއި އާޚިރަތުގައި ނުތަނަވަސްކަންދެއްވާ މީހާއެެވެ.))
ރަސޫލާ صلى الله عليه وسلم ގެ މި މަތިވެރި ފިލާވަޅަކީ ނަސޭހަތާއި އިރްޝާދުގެ މައިދާނުގައި ހިމެނޭ ދަރްސެކެވެ. އެކަލޭގެފާނު މުއުމިނުންނަށް މި ހިތްވަރު ދެއްވަނީ ހެޔޮ އަމަލުތައް ކުރުމަށެވެ. އުރެދުންތަކާ ދުރުހެލިވުމަށެވެ. ﷲގެ ޙަޟްރަތާ ކުއްތަންވުމަށް އަބަދުވެސް ސަމާލުކަން ދިނުމަށެވެ. ނަރަކައާ ދުރަށް ދިޔުމަށް މަސައްކަތްކުރުމަށެވެ.
ލޮބުވެތި ނަބިއްޔާ صلى الله عليه وسلم لث މި ޙަދީސްފުޅުގައި އަޅުގަނޑުމެންނަށް މި ޚަބަރު ދެއްވަނީ މީސްތަކުން ހަތަރު ބަޔަކަށް ބެހިފައިވާ ކަމާއި މީސްތަކުން ކުރާ ޢަމަލުތައް ހަ ބަޔަކަށް ބެހިފައިވާ ކަމެވެ.
ފުރަތަމަ ދެ ބާވަތް
މީސްތަކުން ކުރާ ޢަމަލުތަކުގައި ހިމެނޭ ފުރަތަމަ ބަޔަކީ مُوجِبَتَانِ އެވެ. އެއް ކަމަކީ އެ ކަމުގެ ސަބަބުން އެ މީހާއަށް ސުވަރުގެ ވާޖިބުވާ ކަމެކެވެ. ދެވަނަ ކަމަކީ އެކަމުގެ ސަބަބުން އޭނާއަށް ނަރަކަ ވާޖިބުވާ ކަމެކެވެ.
އެ މީހާއަށް ސުވަރުގެ ވާޖިބުވާ ޢަމަލަކީ ތައުޙީދުގެ ކަލިމައެވެ. شَهَادَة أَنْ لاَ إِلَهَ إِلاَّ اللَّهُ – ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް ހެކިވުމެވެ. މިހެންވެ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئاً دَخَلَ الْجَنَّةَ-ﷲއާ އެއްވެސް އެއްޗަކާ ޝަރީކުނުކުރާ ޙާލު މަރުވާ މީހާ ސުވަރުގެ ވަންނާނެއެވެ.)) ޚާލިޞް ތައުޙީދަކީ ސުވަރުގެ ޖާމިނުކޮށްދޭ ކަމެކެވެ. އެއްދުވަހަކު މުޢާޛު ބުނު ޖަބަލު ރަސޫލާގެ އަރިހުގައި ސަވާރީކޮޅުމަތީގައި އިންނަވަނިކޮށް ރަސޫލާ ޙަދީސްކުރެއްވިއެވެ. ((އޭ މުޢާޛު ބުނު ޖަބަލެވެ! މުޢާޛުގެފާނު لَبَّيْكَ يَا رَسُولَ اللَّهِ وَسَعْدَيْكَ އޭ ވިދާޅުވެ ރަސޫލާއަށް އާދޭހޭ ދެންނެވިއެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ -ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާ ކަމަށް ހެކިވެ ތެދު ހިތުން އެ ކަންތައްތައް ޤަބޫލުކުރި ކޮންމެ މީހަކު ނަރަކައަށް ޙަރާންނުކުރައްވާ ދޫކޮށްނުލައްވާނެތެވެ. އެހިނދު މުޢާޛުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! މި އުފާވެރި ޚަބަރު މީސްތަކުންނަށް ދެންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނޫނެކެވެ. އޭރުން އެބައިމީހުން ކަންނެތްވެދާނެއެވެ. މުޢާޛުގެފާނު މި ޙަދީސް ވިދާޅުވެދެއްވީ އެކަލޭގެފާނު އަވަހާރަވާން ގާތްވެފައި ވަނިކޮށްނެވެ.)) މި ކަމާ ބެހޭގޮތުން އައިސްފައިވާ އިތުރު ބަސްފުޅެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((وَلاَ يَدْخُلُ الْجَنَّةَ إِلاَّ نَفْسٌ مُؤْمِنَةٌ – މުއުމިނު ނަފްސެއް މެނުވީ ސުވަރުގެ ނުވަންނާނެތެވެ.))
އެ މީހާއަށް ތާއަބަދަށް ނަރަކަ ވާޖިބުވާ ޢަމަލަކީ ﷲއަށް ޝަރީކު ކުރުމެވެ. އިލާހުވަންތަކަމުގައި އެކަލާނގެއާ އެހެން އެއްޗެއް ބައިވެރިކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ – ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.))
ޝިރްކާއި ކުފްރަކީ ޢަމަލުތައް ބާޠިލުކުރާ ކަމެކެވެ. ނަރަކައިގައި ތާއަބަދަށް ދެމިހުރުން ވާޖިބުކުރާ ކަމެކެވެ. މި ކަން ކަށަވަރުކޮށް ދެއްވައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. ((إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا -ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.))
ކީރިތި ޤުރްއާނުގައި މި މާނަ ދޭހަކޮށްދޭ ތަފާތު އެތައްއެތައް އާޔަތްތަކެއް ވެއެވެ. އެއިގެ ތެރޭގައި ހިމެނޭ ބަސްފުޅެއްގައި ވެއެވެ. ((إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ – ހަމަކަށަވަރުން، ފޮތުގެ أهلވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.))
رَسُولِ اللَّهِ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِي أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِيٌّ وَلاَ نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ – މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މި ޢުންމަތުގެ މީހުންގެ ތެރެއިން މީހަކު ، ޔަހޫދީއަކަށް ވިޔަސް ނަޞާރާއަކަށް ވިޔަސް ތިމަންކަލޭގެފާނުގެ ރިސާލަތުގެ އަޑު އަހައި ތިމަންކަލޭގެފާނު ފޮނުއްވުނު ކަންތަކަށް އީމާންނުވެ މަރުވި މީހާ ވާނީ ނަރަކައިގެ އަހްލުވެރިއަކަށެވެ.))
އެހެން ބަސްފުޅެއްގައި ވެއެވެ. (إنَّ اللَّهَ لا يَظْلِمُ مُؤْمِنًا حَسَنَةً، يُعْطى بها في الدُّنْيا ويُجْزى بها في الآخِرَةِ، وأَمّا الكافِرُ فيُطْعَمُ بحَسَناتِ ما عَمِلَ بها لِلَّهِ في الدُّنْيا، حتّى إذا أفْضى إلى الآخِرَةِ، لَمْ تَكُنْ له حَسَنَةٌ يُجْزى بها – ހަމަކަށަވަރުން ﷲ އޭނާ ކުޅަ އެއްވެސް ހެޔޮކަމެއްގައި މުއުމިނަކަށް ބޭއިންސާފުވެވޮޑިނުގަންނަވާނެތެވެ. ދުނިޔޭގައި އޭނާއަށް ދެއްވައި އާޚިރަތުގައި އޭނާއަށް ހެޔޮ ޖަޒާ ދެއްވާނެއެވެ. އެހެނެއްކަމަކު ކާފިރުވި މީހާ ދަންނައެވެ. އޭނާ ދުނިޔޭގައި ކުރާ ހެޔޮ ޢަމަލުތަކަށް އޭނާއަށް ކެއިންބުއިން ދެއްވާނެއެވެ. އޭނާ އާޚިރަތަށް ދާއިރު އޭނާއަށް ޖަޒާދެއްވާނެ އެއްވެސް ހެޔޮ ޢަމަލެއް ނޯންނާނެތެވެ.))
ﷲ ތަބާރަކަ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ – ތިމަންރަސްކަލާނގެއީ އެއްވެސް ކަމެއްގައި ޝަރީކަކަށް( ބައިވެރިއަކަށް ) އެންމެ ބޭނުންވެވޮޑިނުގަންނަވާ ރަސްކަލާނގެއެވެ. މީހަކު ކަމެއް ކުރާއިރު އޭނާގެ އެ ޢަމަލުގައި ތިމަންރަސްކަލާނގެއާ އެކު އެހެން ފަރާތެއް ބައިވެރިކޮށްފި ނަމަ ތިމަންރަސްކަލާނގެ އޭނާއާއި އޭނާގެ ޝަރީކުގެ ކިބައިން އޭނާގެ މި ޢަމަލު ޤަބޫލުފުޅު ނުކުރައްވައި، ދޫކޮށްލައްވައި ހުށީމެވެ.))
ތިންވަނަ ބާވަތް
އިސްވެ ބަޔާންކުރި ޙަދީސުގައި އައިސްފައިވާ ޢަމަލުގެ ބާވަތްތަކުގައި ހިމެނޭ ތިންވަނަ ބާވަތަކީ (مِثْلٌ بِمِثْلٍ –މިންވަރަށް މިންވަރެވެ. ހެޔޮ ކަމަކަށް ހެޔޮ ކަމެކެވެ. ނުބައި ކަމަކަށް ނުބައި ކަމެކެވެ. މި ބަސްފުޅުގެ މާނައަކީ އެ ކަން ކުރާ މީހާއަށް ހަމަ އެ މިންވަރުން ޖަޒާ ލިބޭނެއެވެ.ﷲގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން ހެޔޮ ކަމެއް ކުރުމަށް ނިޔަތްގަންނަ މީހާއަށް އެ ކަމެއް ނުކުރިޔަސް އެ ހެޔޮކަމާ އެއްވަރަށް ހެޔޮ ޖަޒާދެއްވާނެތެވެ. މިއާޚިލާފަށް ނުބައި ކަމެއް ކުރުމަށް ހިތަށް އެރިޔަސް އެ ކަމަށް ޖަޒާނުދެއްވާނެއެވެ. ޖަޒާދެއްވާނީ އެ ނުބައި ކަން ކުރީމައެވެ. رَسُولُ اللَّهِ صلى اللهعليه وسلم ޙަދީސްކުރެއްވިއެވެ. ((مَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كُتِبَتْ لَهُ حَسَنَةً وَمَنْ هَمَّ بِحَسَنَةٍ فَعَمِلَهَا كُتِبَتْ لَهُ عَشْرًا إِلَى سَبْعِمِائَةِ ضِعْفٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا لَمْ تُكْتَبْ وَإِنْ عَمِلَهَا كُتِبَتْ – ހެޔޮކަމެއްކުރުމަށް ގަސްތުކުޅަ މީހާ އެ ކަން ނުކުރިޔަސް މި ހެޔޮ ކަމެއްކުރިކަމުގެ ސަވާބު ލިޔުއްވާނެއެވެ. ހެޔޮކަމެއް ކުރުމަށް ގަސްތުކޮށްއެކަން ކުރިނަމަ އޭނާއަށް ދިހަ ހެޔޮކަމުން ފެށިގެން ގޮސް ހަތްސަތޭކަ ގުނައާ އެއްވަރަށް ހެޔޮކަމުގެ ސަވާބު ލިޔުއްވޭނެއެވެ. އެހެނަސް ނުބައި ކަމެއް ކުރުމަށް ގަސްތު ކުޅަ މީހާ އެކަންނުކުރާނަމަ ނުބައިކަމެއް ނުލިޔުއްވޭނެތެވެ. އެ ކަމެއް ކުރިނަމަނުބައި އެންމެ ކަމެއް ލިޔުއްވޭނެތެވެ.))
( ނުނިމޭ)