ހަސަނާއި ޝިފާޒް އެމްޑީޕީއަށް ސޮއިކުރައްވައިފި

ޑިމޮކްރެޓްސްގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވި ޙަސަން ލަޠީފާއި ނާއިބުރައީސްގެ މަޤާމުން އިސްތިއުފާ ދެއްވި މުޙައްމަދު ޝިފާޒް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަސަން ލަތީފާއި، މުހައްމަދު ޝިފާޒު އަލުން އެޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާކަމަށެވެ. ހަސަން ލަތީފާއި ޝިފާޒް  އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އާ ގުޅި ވަޑައިގެންނެވީ އެމްޑީޕީތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދަނިކޮށެވެ.

ހަސަން ލަތީފާއި ޝިފާޒް އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާފައިވާއިރު، ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި ތިއްބެވި އިތުރު ބޭފުޅުންތަކެއްވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. އޭގެތެރޭގައި ހުސައިން އަމްރޫއާއި ޢަލީ ޢާޒިމްވެސް ހިމެނިވަޑައިގަންނަވައެވެ.

advertisement
ހިޔާލު ދެއްވާ!