ހުޅުމާލޭ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ޝަރީފް

ވަޒީފާ ބޭނުމިއްޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް ވުމަށް ޕީއެންސީގެ މަޖިލިސް މެންބަރަކު ގޮވާލައްވައިފި

ވަޒީފާއެއް ބޭނުންނަމަ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް ވުމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

ބެލެވޭ ގޮތުގައި ހުސެންބެ މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ ހަފްތާ އާ ހަމަ އަށް އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހުރެ ރައީސް ޑރ. މުުހައްމަދު މުުއިއްޒަށް ހުތުރު އެއްޗެހި ގޮވަމުންދިޔަ އަހުމަދު ރަޝީދު (ދޮންކޮޅު)  ޕީޕަލްސް ނޭޝަން ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށް ސިޔާސީ މަގާމެއް ދޭން އުޅޭތީ ކަމަށް ބެލެވެއެވެ.

ހުސެންބެގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މި ޕޯސްޓަށް އާންމު ރަޔިތުން ވަނީ ކޮމެންޓުތައް ކޮށްފައެވެ. އެގޮތުން މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި މީހުން ބުނެފައިވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި މީހުން ބާކީކޮށް އެމްޑީޕީ މީހުންނަށް ސިޔާސީ މަގާމުތައް ބަހަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ނިންމުންތަކަށް ހުސެންބެ ވަނީ ފާޑު ވިދާޅުވެފައެވެ.

 

advertisement
ހިޔާލު ދެއްވާ!