މާލޭގެ ކެފޭ އެއްގައި އިން މީހެއްގެ ޚަބަރު ހުސްވެގެން ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނު ޝާއިރު ވަރުދީ މަގުުގައި ހުންނަ ޒެން ބިސްޓްރޯ ކެފޭގައި ޖޫސްތައްޓެއް ބޯން އިންދައި އެމީހާ ޚަބަރު ހުސްވެގެން ވެއްޓިގެން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ އަށް އައިޖީއެމްއެޗްގައި މިހާރުު ފަރުވާދެމުން އަންނަ ކަމަށާއި އަދި މިމައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.