ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯތަކެއް އާންމު ވެއްޖެ

ރައްޔިތުން ހިއްސާވާ ކުންފުނި ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯތަކެއް އާންމު ވެއްޖެއެވެ.

މި ފޮޓޯތައް އާންމުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް މިއީ ކޮން އިރަކު ނަގާފައިވާ ފޮޓޯތަކެއް ކަމެއް ސާފެއް ނުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމު ވެގެން އުޅޭ ފޮޓޯތަކަކީ އަވަށްޓެރި ސްރީލަންކާގެ ކެސިނޯއެއްގައި ދިވެހިންތަކަކާއެކު ގޮސް ޖުވާކުޅޭތަން ފެންނަ ފޮޓޯތަކެކެވެ.

އިސްލާމް ދީނުގައި ޖުވާއަކީ ހަރާމް ކުރައްވާފައިވާ ކަމެކެވެ. ރާއްޖޭގައި އޮންލައިންކޮށް ޖުވާކުޅުން އާންމު ވުމާއި ގުޅިގެން އެފަދަ ވެބްސައިޓުތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް މިސަރުކާރުން ވަނީ ހަދައިފައެވެ.

މިކަން މިހެން އޮއްވައި ރައްޔިތުން ހިއްސާވާ ކުންފުންޏެއްގެ ލީގަލް ހެޑް މިފަދަ ކަމެއް ކޮށްފައިވާތީ އާންމުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުން އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

 

advertisement

1 Comment

  1. ނިހަާލްނިހާން on

    އެމްޑީޕީން މިސަރުކާރުގަވެސް ކަނޑާނުލުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ސަރުކާރުގެ ތަސައްވުރައް

ހިޔާލު ދެއްވާ!